ޚަބަރު

މާލޭގެ ކަރާ މާރުކޭޓާ ދިމާލުން މޫދުގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ

މާލޭގެ ކަރާ މާރުކޭޓާ ދިމާލުން މޫދުގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ފެނިފައިވަނީ މިއަދު ހެނދުނު 06:08 އެހާކަންހާއިރު ކަމަށެވެ.

ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެއީ އިންޑިއާ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، ބޭރު ފުށުން އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.