ޚަބަރު

ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ދިވެހި ސިފައިން އެހީވެއްޖެ

ރިފާ ހަލީލު

އެމެރިކާއިން ޓައިވާނަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި ހުރި ފަޅުވެރިއެއްގައި ހާލު ސީރިއަސްވެގެން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އެމީހާގެ ހާލު ބޮޑުވެގެން އެމްއެމްޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމަށް އެދުނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު މިއަދު 11:27ގައި އެ މީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ހާލު ސީރިއަސްވި 27 އަހަރުގެ ޗައިނާ މީހާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރި އިރު އެ ބޯޓު އޮތީ އައްޑޫ ސިޓީ ގަމާ ދިމާ ބޭރުގައި ކަމަށެވެ. އަދި ބަލި މީހާ ނަގައިގެން ފޭދޫ އަށް ގެންދިޔައީ ގަމުގެ އިރުން އަށް ނޯޓިކަލް މޭލާ ހަމައަށް އެ ބޯޓު ކައިރި ކުރުމުން ކަމަށް ބުންޏެވެ.