ކްރިމިނަލް ކޯޓު 14 ދުވަހުގެ ރިސެސްއަކަށް ދިއުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެ ކޯޓު ރިސެސްއަކަށް ދިއުމަށް ނިންމާފައިވާ ކަމަށާއި އެ މުއްދަތުގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަން ޖެހޭ ހާއްސަ ޝަރީއަތްތައް އެކަނި ކަމަށެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރާ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމުގެ އިތުރުން ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތް އެ މުއްދަތު ތެރޭގައި ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.