މާލޭގައި ގްރޫޕަކުން މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މިރޭ ނަލަހިޔާ ކައިރިން މީހެއްގެ ގައިގައި ގްރޫޕަކުން ތަޅައި، މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު މިރޭ 10:29 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިރޭ ގްރޫޕަކުން ހިންގި އެ މާރާމާރީއާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރަމުންދާނެ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މިދިޔަ ހުކުރު ދުވަހު ވެސް މާލޭގައި ވަނީ ދެ މާރާމާރީއެއް ހިންގައި، ދެ މީހަކަށް ހަމަލާދީފައެވެ. އެ ދެ މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެ މީހަކަށާއި 29 އަހަރުގެ މީހަކަށެވެ. ނަމަވެސް އެ ދެ މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.