އަބްދުﷲ ޚަލީލް

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްބަސްވުންތަކުގައި ރައްޔިތުންގެ ރުހުންނެތި ސޮއިކޮށްގެން ނުވާނެ: ޑރ. ޚަލީލު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްބަސްވުންތަކުގައި ރައްޔިތުންގެ ރުހުންނެތި ސޮއިކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުﷲ ޚަލީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފަދަ ބޭރުގެ ނުރަގަޅު ނުފޫޒު ރާއްޖެއަށް ވަނުމަށް މަގުފަހިވާފަދަ އެއްބަސްވުންތަކުގައި ބައެއް ގައުމުތަކާއެކު ސަރުކާރުން ސޮއިކުރާކަމުގެ އަޑުތައް ގަދަވަމުންދާ ކަމަށެވެ.

އެފަދަ އެއްބަސްވުންތަކުގައި ރައްޔިތުންގެ ރުހުން ނެތި ސޮއިކުރެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ޚަލީލު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ނަމުގައި އާދަޔާ ހިލާފު ގޮތަކަށް ކަނޑާއި ވައިގެ ސަރަަހައްދު ބޭނުންކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އަދި އެއީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ އަގު ކަމުގައިވާނަމަ، ރައްޔިތުން ސަރުކާރާ ދެކޮޅަށް ތެދުވާނެ ކަމަށް ޑރ. ޚަލީލުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.