އިސްލާމް ދީނާއި ދިވެހި ގައުމުގެ ހިމާޔަތުގައި، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ އިސްލާމް ދީނާއި ގައުމުގެ ހިމާޔަތުގެ އިތުރުން ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައިބު ރައީސް އަހުމަދު އަދީބުގެ އާއިލާއިން ވަނީ އޭނާއާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.
އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ފަރުވާގެ ކަންކަން ހިނގަމުން ދަނީ ހޯމް މިނިސްޓަރު ބޭނުންފުޅުވާ ގޮތެއްގެ މަތީން ކަމަށާއި މިނިސްޓަރު ބޭނުންވާ ވަރަކަށް ފަރުވާ ދެއްވުމަށްފަހު ބޭނުން ނުވާ ފަރުވާއެއް ނުކުރާ ގޮތަށް މަސައްކަތްކުރާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މިނިސްޓަރު މިއަދު ޓްވީޓު ކުރެއްވިއިރު އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައިކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.