މުހައްމަދު އައުޒަމް
ތުއްތުކުދިން ގިނައިރު ޓީވީ ބަލާނަމަ ބޮޑުވަމުން އަންނައިރު އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އުމުރުން ދެއަހަރާއި ތިން އަހަރު އަދި ފަސްއަހަރުގެ 2400 ކުދީންގެ މެދުގައި ކުރި މިދިރަސާއިން ދައްކާގޮތުން ގިނައިރު ޓީވީ ފަދަ އަލިގަދަ ޑިވައިސްތަކަށް ބަލާ ތުއްތުކުދިން އެކުދިންނަށް އުމުރުން ފަސްއަހަރުވުމުން ނޭދެވޭ އެތައް އަސަރުތަކެއް ކުރެއެވެ.
ކެނެޑާގެ ޔުނިވާސިޓީއަކުން ކުރި މިދިރާސާއިން ދައްކާގޮތުން ކުއްޖާގެ އުމުރުން ފަސްއަހަރުވާއިރު އެކުއްޖާ އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރަން ނޭނގުމާއި އަމިއްލައަށް ނިންމުން ނިންމަން ނޭނގުން ފަދަ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.
މިދިރާސާއިން ދެއްކިގޮތުން ދުވާލަކު އެވަރެޖްކޮށް ތިން ގަޑިއިރަށް ވުރެ ގިނަ އިރުއިރު ގިނަކުދިން ސްކްރީން ކުރިމަތީގައި ވަގުތު ހޭދަކުރެއެވެ. އަދި އުމުރުން ފަސް އަހަރު ވީމަވެސް އެކުދީން ދުވާލަކު މަދުވެގެން އެއް ގަޑިއިރު ސްކްރީން ކުރިމަތީގައި ހޭދަކުރާކަމަށް ދައްކައެވެ.
ތުއްތު ދަރިފުޅު އުފަން ވީއްސުރެ ފަސް އަހަރު ވުމާދެމެދަކީ އެކުދީންގެ ހެދިބޮޑުވުމުގެ އެންމެ މުހިންމު ސްޓޭޖެވެ.