ޚަބަރު

އިއާދަކުރަނިވި ހަކަތައިިން އުފައްދާ ކަރަންޓް ސާކުގެ މެދުގައި ގަނެވިއްކުމާބެހޭ އެއްބަސްވުން ތަސްދީގުކުރަން ނިންމަވައިފި

އިބްރާހިމް ޒަކީ

އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ގަނެވިއްކުމަށް ސާކުގެ މެންބަރު ގައުމުތަކަށް މަގުފަހިވާ ގޮތަށް އެކުލަވައިލި، އެއްބަސްވުން "ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)" ދިވެހިރާއްޖެއިން ތަސްދީގުކުރުމަށް މިއަދު ނިންމައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން އެ އެއްބަސްވުން ތަސްދީގުކުރުމަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ތިމާވެށްޓާއި ރައްޓެހި އިއާދަކުރަނިވި ހަކަތައިގެ ބާވަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި ގަނެވިއްކުމަށް ސާކުގެ މެންބަރު ގައުމުތަކަށް މަގުފަހިވާނެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ސާކުގެ މެންބަރު އެހެން ގައުމުތަކެކޭވެސް އެއްފަދައިން ފަންނީ އަދި ޓެކްނޯލޮޖީގެ ދާއިރާއިން ދިވެހިރާއްޖެއަށްވެސް މަންފާކުރާނެއެވެ.