24 އަހަރުގެ އީވް ޕަޓޭސަންގެ ވެޑިން ފޮޓޯތައް މީސް މީޑިއާގައި ވައިރަލްވީ ހެދުންތައް މާ ރީތި ވެގެން ނުވަތަ އާދަޔާ ހިލާފުވެގެނެއް ނޫނެވެ.
ހަމަ ކުޑަ ކުޑަ ކަމެކެވެ. އީވްގެ ބްރައިޑްސް މެއިޑެއް ކަމަށްވާ ނެލް ގޮޑާރޑް އޭނާގެ ޓުވިޓަރުގައި އެމީހުން އެކީ ނަގާފައިވާ ފޮޓޯ ހިއްސާކޮށް އެ ހެދުން ތަކުގައި ޖީބު ހުރި ވާހަކަ ބުނުމުންނެވެ.
އެ ޕޮޓޯއަށް ވަނީ 13000 ލައިކްސް ލިބި 3000 ރީ ޓުވީޓް ލިބި ގިނަ ބައެއްގެ ޕޮސިޓިވް ކޮމެންޓްސް ލިބިފައެވެ.
ބައެއް މީހުން މަޖަލަކަށް އަލުން ވަރި ވެގެން ޖީބު ހުރި ހެދުމަކާ އެކީ ކައިވެނި ކުރަންވީ ކަމަށް ބުނެފައިވާއިރު، ޖީބާއި ބެލްޓް އަކީ ސަޅި ކޮމްބިނޭޝަނެއްކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.