ޚަބަރު

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ.

''ޖަޒީރާ ހޮޅުއަށި'' ގެ ނަމުގައި ބާއްވާ އެބައްދަލުވުން އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭގޮތުގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ އެބައްދަލުވުން އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށް ''ޖަޒީރާ ހޮޅުއަށި'' ނަމުގައި ސިލްސިލާ ބައްދަލުވުންތައް ބޭއްވުމަކީ ރައީސް ސޯލިހު ނިންމަވާފައިވާ ނިންމެވުމެކެވެ.

އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މާލޭގެ މަގުތަކުގެ މައްސަލައަށް ހައްލު ހޯދުމަށެވެ.