ޚަބަރު

އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި ކޮންމެ އަތޮޅަކަށް މޭޔަރެއް ބެހެއްޓުމަށް ފެނޭ : ހުސްނުސުއޫދު

އަހުމަދު ޖައިޝަން

2

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުންނަ އަތޮޅު ކައުންސިލްތައް އުވައިލުމަށްފަހު ކޮންމެ އަތޮޅަކަށް މޭޔަރެއް ހަމަޖެއްސުމަކީ ރަނގަޅު ހިޔާލެއް ކަމަށް ގާނޫނީ ވަކީލު އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ އޭނާ ރޭ، ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ އަތޮޅުތަކަށް އައްޔަނު ކުރައްވާ މޭޔަރުންގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި އެޑްވައިޒަރީ ކައުންސިލްތަކެއް އެކުލަވައިލެވިދާނެ ކަމަށެވެ. އެ އެޑްވައިޒަރީ ކައުންސިލުގައި ހިމެނޭނީ އެ އަތޮޅެއްގެ ރަށްތަކުގައި ކައުންސިލް ރައީސްކަމުގެ މަގާމުގައި ތިއްބަވާ ބޭފުޅުން ކަމަށްވެސް ސުއޫދުގެ ޓްވީޓުގައި ވަނީ ހިޔާލު ދެއްވައިފައެވެ.

އޭގެ ސަބަބުން ހަރަދު ކުޑަވެގެން ދާނެ ކަމަށް އިޝާރާތްކުރައްވައި ސުއޫދު ވިދާޅުވީ އެގޮތަށް ކައުންސިލުތަކުގެ ހިންގުން ބަދަލުކުރުމުން ލިބޭ ސޭވިންތަކުން ރަށްތަކުގެ ތަރައްގީއަށް ހޭދަ ކުރެވިދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟