އަލިފާނުގެ ހާދިސާ

ތާޖް އެގްޒޯޓިކާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މޫދުކޮޓަރި އަނދައިހުލިވެއްޖެ

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ (ކ. އެނބޫދޫ ފިނޮޅު)ގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މޫދު ކޮޓަރި އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:48ހާއިރު އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ރިސޯޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމާ އެކު ކުރި މަސައްކަތުން އަލިފާން ނިއްވައިލެވުނީ މިއަދު ހެނދުނު 6:15ހާއިރު އެވެ.

އެ ހާދިސާގައި ފަސްކޮޓަރި އެނދި ނަމަވެސް މީހަކަށް ގެއްލުންވިކަން އެނގިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.