ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ ވަޑައިގަތުމަށް އިބޫ ދެއްވި ދައުވަތު އިމްރާން ގަބޫލުފުޅު ކުރައްވައިފި

ރާއްޖެ ވަޑައިގަތުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްވި ދައުވަތު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގަބޫލުފުޅު ކުރައްވައިފިއެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނާ ގޮތުގައި ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބުކުރެއްވުމާއެކު މަރުހަބާ ދެންނެވުމަށް އިމްރާން ގުޅުއްވުމުން ރާއްޖެ އައުމަށް އިބޫ ދައުވަތު ދެއްވި ކަމަށާއި މިހާރު އިމްރާން އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ މަރުހަބާ ދެންނެވުމަށް އިމްރާން ގުޅުއްވި ކަމަށާއި ދެ ގައުމުގެ ގުޅުމާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިމްރާންގެ އިތުރުން ރާއްޖެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވެސް ދައުވަތު ދެއްވާފައިވާ ކަމަށް ކުރިން އިބޫ ވަނީ ވިދާޅުވެފައެވެ.