ޚަބަރު

ސިޔާސީ ސަބަބުތަކަށް މި ސަރުކާރުން ކައުންސިލަރުންނާ މެދު ފިޔަވަޅެއް ނާޅާނެ: އިމްރާން

ސިޔާސީ ސަބަބުތަކަށް ރައީސް ސޯލިހުގެ ސަރުކާރުން ކައުންސިލަރުންނާ މެދު ފިޔަވަޅެއް ނާޅާނެ ކަމަށް ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވީޓުގައި އިމްރާން ވަނީ ކައުންސިލަރުންނާ މެދު ނުހައްގުން އަޅާފައިވާ ފިޔަވަޅުތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި މި މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމައި އިންސާފު ގާއިމުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

"ކައުންސިލަރުންނާ މެދު އަޅާފައިވާ ނުހައްގު ފިޔަވަޅުތައް މުރާޖައާކުރަން ފަށައިފިން. އިންޝާﷲ ދާދި އަވަހަށް އެ މައްސަލަތައް ނިމި، އިންސާފު ގާއިމުވެގެންދާނެ. ސިޔާސީ ސަބަބުތަކާ ހުރެ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން،" އިމްރާންގެ ޓުވީޓުގައި ވިދާޅުވިއެވެ.