12 މީހުންނާއެކު މަހަށް ފުރުމަށް ފަހު ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެއެވެ.
ޖަމްބޯ ކިޔާ ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 10:22ގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މި ދޯނީގެ ހަބަރެއްވެފައިވަނީ މިއަދު 14:29ގައެވެ. މި ދޯނީގެ ވެރިފަރާތުން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށް ދޯނި މިހާރު އޮތީ ލ. އަތޮޅު ތެރޭ އެންދަމަން ކަމަށް މައުލޫމާތު ދީފައެވެ.
މި ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިމަހު 20 ވަނަ ދުވަހުގެ ރޭގެފަހުން ދޯނީގެ ހަބަރެއް ނުވެގެންނެވެ. ޖަމްބޯ ދޯނި އަލުން ފެނުނު އިރު ދޯނީގެ އެންމެންގެވެސް ހާލު ރަނގަޅެވެ.