ޚަބަރު

އާއްމުންގެ ޒާތީ މައުލޫމާތު ވިއްކަމުން ދިޔަ ބައެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އަލީ ޔާމިން

އާއްމުންގެ ޒާތީ މައުލޫމާތުތަކެއް ވިއްކަމުން ދިޔަ ބައެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ބައެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ދިވެހި އަންހެން ކުދިންގެ ޒާތީ މައުލޫމާއި ފޮޓޯ ޓެލެގްރާމްގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ވިއްކަމުންނެވެ.

މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށްވެސް އައިސްފައިވާއިރު މި މައްސަލައާ ގުޅޭ މާ ބޮޑު މައުލޫމާތެއް ފުލުހުން އަދި ހިއްސާކޮށްފައެއް ނުވެ އެވެ.