މިނިސްޓަރުންގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު 8 ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
މިގޮތުން މިނިސްޓަރުންގެ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެވިފައިވަނީ؛
- މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، ހ.ކަޅުވަކަރުގެ، މުހައްމަދު ފިރުޒުލް ހުސައިން ފިރާޒް
- މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް، އައްޑޫސިޓީ ހުޅުދޫ، ހެޕީޑްރީމް، މުހައްމަދު އަންސާރު
- މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން ގެ ނައިބުގެ މަގާމަށް، ގ.ސައިމާ، ހަމަދު އަބްދުލްގަނީ
- މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ނައިބުގެ މަގާމަށް، ހދ.ނައިވާދޫ، ގުލްފާމްގެ، އަހްމަދު މުހްސިން
- މިިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގެ ނައިބުގެ މަގާމަށް، ހދ.ވައިކަރަދޫ، ޖޭޒްމީން، ހުސައިން ޒާމިރު
- މިނިސްޓަރ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ނައިބުގެ މަގާމަށް، ގ.ހިމާލިޔާގެ، ފާތިމަތު ނިއުމާ
- މިނިސްޓަރ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ނައިބުގެ މަގާމަށް، މއ.މަނަސް، ރިޔާޒް މަންސޫރު، އަދި
- މިނިސްޓަރ އޮފް ޖެންޑާރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ނައިބުގެ މަގާމަށް، ގ.ރަންދެލިގެ، ފާތިމަތު ޔުމްނާ އެވެ.
މި ބޭފުޅުން މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އިއްޔެ އެވެ.