ޚަބަރު

ކޮވިޑް ބަލީގެ މާބަނޑު މީހަކު އެމްބިއުލާންސްގެ ތެރެއަށް ވިހައިފި، ކުއްޖާ ވީ މަރު!

އަލީ ޔާމިން

1

ކޮވިޑް ބަލީގެ މާބަނޑު މީހެއް އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދަނިކޮށް އެމްބިއުލާންސްގެ ތެރެއަށް ވިހައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ ވިހި ކުއްޖާ ވަނީ މަރުވެފައެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ގާކޮށީ ފްލެޓުން އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު މީހެކެވެ. އަދި އެ އަންހެން މީހާ ވިހާފައިވަނީ އައިޖީއެމްއެޗާ ވަރަށް ކައިރިއަށް އެމްބިއުލާންސަށް ދެވުން ފަހުންނެވެ. އެއިރު ކުއްޖާ އެއްކޮށް ވިހާފައި ނުވާ ކަމަށާއި ވަގުތުން މާބަނޑު މީހާ ގެންދެވުނީ އެމަޖެންސީ ރޫމަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މާބަނޑު މީހާ ހޮސްޕިޓަލަށް ގެންދިއުމަށް ދިޔަ އެމްބިއުލާންސްގައި ޕެރެމެޑިކެއްވެސް ހުއްޓެވެ. އަދި އެ އެމްބިއުލާންސްގައި އޮކްސިޖަނާއި ފުރަތަމަ އެހީގެ އާލާތްތައްވެސް ފުރިހަމައަށް ހުރިކަން އެނގިފައިވެއެވެ.

މިކަމާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟