ޕީޕަލްސް ކޮންގްރެސް ޕާޓީގެ ކުލައަކަށް ވިލުނޫކުލަ ކުލަ ހަމަޖައްސައިފި އެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ބެއްވި ޖަލްސާގައި ވިލުނޫ ކުލައަކީ އެޕާޓީގެ ކުލަކަމަށް ކަނޑައަޅާފައި ވަނީ މިރޭގެ ޖަލްސާގައި ބައިވެރިވި މަންދޫބުންގެ ތެރެއިން 357 މީހުންގެ ވޯޓާއެކު އެވެ.
މިޖަލްސާގައި ވަނީ ކޮންގްރެސް ޕާޓީގެ ނިޝާން، ދިދަ އަދި އަސާސީ ގަވާއިދުވެސް ފާސްކޮށްފައެވެ. ޖަލްސާގައި ޖުމްލަ 357 މަންދޫބުން ބައިވެރިވެފައިވާ އިރު ޕާޓީގެ ނިޝާން، ދިދަ އަދި އަސާސީ ގަވާއިދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ މަންދޫބުންގެ ވޯޓާއެކު އެވެ.
މި ޖަލްސާގައި ވަނީ ޕާޓީގެ ވަގުތީ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސައި، ވަގުތީ ނައިބު ރައީސުންނަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހަމަޖައްސައިފައެވެ.