ޚަބަރު

ކޮވިޑުގައި އިތުރު މީހަކު މަރުވެ، ރާއްޖޭގެ ޖުމުލަ 171 އަށް

ކޮވިޑުގައި އިތުރު މީހަކު މަރުވެ، ރާއްޖޭގެ ޖުމުލަ 171 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 84 އަހަރުގެ އަންހެނެކެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ފުރަތަމަ މީހާ އެވެ. އަދި އިއްޔެ ވަނީ އެ ބަލީގައި ނުވަ މީހަކު މަރުވެފައެވެ. އޭގެ ތެރޭގައި އުމުރުން 10 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.