ޚަބަރު

މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގެ ފަރެސްމާތޮޑާ ދާއިރާގެ ނަތީޖާ ބަލައިގަންނަން ނިންމައިފި

މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގެ ފަރެސްމާތޮޑާ ދާއިރާގެ ނަތީޖާ ބަދަލު ނުވާކަމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީން ނިންމައިފި އެވެ.

މިމަހުގެ 18 ވަނަ ދުވަހު އެމްޑީޕީން ކުރިއަށްގެންދިޔަ މަޖިލީހަށް ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީއަށް ފަހު އެ ޕާޓީން ވަނީ ވަގުތީ ނަތީޖާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ. ނަމަވެސް ފަރެސްމާތޮޑާގެ މައްސަލަ ޕްރައިމަރީއާ ގުޅޭ ޝަކުވާ ކޮމިޓީން ބެލުމަށް ނިންމާފައިވަނީ އެދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުން ތަކުރާރުކޮށް އެ މައްސަލަ ހުށަހަޅަމުން ދިއުމުގެ ސަބަބުންނެވެ.

އެގޮތުން ފަރެސްމާތޮޑާގެ ވޯޓު ފޮށީގެ މައްސަލަ އެކި ކެންޑިޑޭޓުން ވަނީ ހެއްކާއެއްކޮށް ހުށަހަޅައިފައެވެ. ނަމަވެސް އެމްޑީޕީން ވަނީ ނަތީޖާއަށް ބަދަލެއް ނާންނަކަމަށް ނިންމާފައިވަނީ މިހާރު އޮތް ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ބުނެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު ކުރިއަށް ދިއުމަށް ހަަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.