އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން އަނެއްކާވެސް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ، އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ލުއިތަކެއް ލިބޭނެ ކަަމަށެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ، އުންމީދަކީ އުރީދޫން ފޯރުކޮށްދޭ އާ އޮފާތަކާއެކު އެކަކު އަނެކަކާ ގުޅުވާލަދީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން ކަމަށެވެ.
"ކޮވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އަޅުގަނޑުމެންގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިން އަންނަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުން. އެގޮތުން މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ހާއްސަ އޮފާތަކާ އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާ ގުޅުވާލަދީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން،" ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން މިއަދު ތައާރަފުކުރި ހާއްސަ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު http://ore.do/covid19 އިން ލިބިގެންދާނެއެވެ.