މުހައްމަދު އައުޒަމް
ވިމެން އިން މެނޭޖްމަންޓް އިން އިންތިޒާމް ކޮށްގެން ބައިނަލްއަގުވާމީ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ޑރ މަރިޔަމް ޝަކީލާ އާއެކު ޓީ ބްރޭކެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ވިމް އިން މައުލޫމާތު ދީފައިވާގޮތުގައި މިޓީ ބްރޭކްގައި ކެންސަރ ސަވައިވަރ، ޑރ.ޝަކީލާގެ ތަޖުރިބާ ހިއްސާކުރައްވާނެއެވެ. އަދި ބައިވެރިންނަށް ކެންސަރާއިބެހޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ.
ބައިނަލްއަގުވާމީ ކެންސަރ ދުވަސް ފާހަގަ ކުރުމަށް ވިމް އިން ބާއްވާ ޓީ ބްރޭކް އޮންނާނީ ހަތަރެއް ފެބްރުއަރީވާ ހޯމަދުވަހުގެ ހަވީރު ފަހެއް ޖަހާއިރު އައިސީޕީގައެވެ.
ކެންސަރ ދުވަސް ފާހަގަ ކުރުމަށް ވިމް އިން ބާއްވާ ޓީ ބްރޭކްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހެވެ. ޓީ ބްރޭކްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ވިމްގެ ނަމްބަރު 7946687 އަށް ގުޅުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވިމެންއިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލް އަގުވާމީ ކުންފުންޏެކެވެ. ވިމްގެ ޗެޕްޓަރ ރާއްޖޭގައި ހުޅުވިގެން ދިޔައީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން ވަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް އެކި މަސައްކަތްތައް ކޮށްފައެވެ. ވިމް އިން ބާއްވާ ޓީބްރޭކް ތަކަކީ ކޮންމެ މަހެއްގައިވެސް ތަފާތު މައުލޫއަކާއި ގުޅުވައިގެން ހޭލުންތެރިކުރުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.