ރިފާ ހަލީލު
ކޮވިޑު ޖެހިގެން އިތުރު ދެ މީހަކު މަރު ވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 151 އަކަށް އަރައިފި އެވެ.
މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ރޭ މެންދަމު 2:41ގަ އެވެ. އަދި އައިޖީއެމްއެޗް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އައި މީހަކު މިއަދު ހެނދުނު 7:55ގައި ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 151 އަކަށް އަރާފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ 136 ދިވެހިންނާއި 14 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 75 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.