އަދާލަތު ޕާޓީ

އިނގުރައިދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީއާ ގުޅިގެން އެއްވެސް ޝަކުވާއެއް ނެތް: އަދާލަތު

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން އިނގުރައިދޫ ދާއިރާގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީއާ ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާކަމަށް އެޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ބުނީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ވަގުތު ރޭ11:30ގެ ނިޔަލަށް ހަމަވި އިރު، އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާކަމަށެވެ.

އަދާލަތު ޕާޓީގެ ފަރާތުން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާފައިވަނީ ރ. އިންނަމާދޫ ނޫރާނީގެ، އަލީ ޝަރީފުއާއި ރ. ކިނޮޅަސް ފެހިވިލާ، އަހުމަދު ހުސައިނެވެ.

ޕްރައިމަރީ ކާމިޔާބުކުރައްވައިގެން ޓިކެޓް ކަށަވަރުކުރައްވާފައި ވަނީ އަހުމަދު ހުސައިނެވެ. އަދާލަތުން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ބާއްވާފައިވަނީ އިއްޔެއެވެ.