ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ހަމަޖެހުމާއި ތަރައްގީ އަދި ކުރިއެރުމުގައި ރާއްޖެއާއި އިންޑިއާއަކީ ޕާޓްނަރުން: ރައީސް މައުމޫން

1

އަމަންއަމާން ކަމާއި ހަމަޖެހުމާއި ތަރައްގީ އަދި ކުރިއެރުމުގައި ރާއްޖެއާއި އިންޑިއާ އަކީ ޕާޓްނަރުން ކަމަށް ކުރީގެ ރައީސް، މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވީ އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް މައުމޫނުގެ ޓުވީޓުގައި ވިދާޅުވީ، އިންޑިއާގެ 70 ވަނަ ޖުމުހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ އެމްބެސެޑަރު، އަކިލޭޝް މިޝްރާ ރޭ ބޭއްވެވި ރަސްމީ ހަފުލާގައި ބައިވެރިވެވަޑަގެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް ގޯސްވެފައި އޮތް ރާއްޖެއާއި އިންޑިއާގެ ގުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ވަރަށް ބޮޑަށް ރަނގަޅުވެގެން ގޮސްފަ އެވެ. އަދި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކަށް ވާނީ ވަކި ގައުމަކާ އެކު އޮންނަ ގުޅުން ގޯސްވިޔަ ނުދިނުން ކަމަށާއި ހުރިހާ ގައުމަކާ އެކު ވެސް ގާތް ގުޅުން ބޭއްވެވުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟