ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ ސޯލިހުގެ މި ދަތުރުފުޅުގައި ވަނީ ލ. އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވައިފައެވެ. މީދެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ޓީއެފްޖީގެ ފަރާތުން އެ އަތޮޅު ގަމުގައި ކުރިއަށް ގެންދިޔަ މެރެތަން ދުވުމުގެ ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ދުވުން ރަސްމީކޮށް ފަށްޓަވައިދެއްވައިފައި ވަނީ ރައީސް ސޯލިހު އެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލާއި އެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފައެވެ.