ޚަބަރު

ގާދޫއިން ފޮނަދޫއަށް ބަދަލުކޮށްފައިވާ ފަރާތްތަކާ ރައީސް ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ލ. ގާދޫއިން އެ އަތޮޅު ފޮނަދޫއަށް ބަދަލުކޮށްފައިވާ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.

އެ ދެރަށުގެ ބޭފުޅުންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފައިވަނީ މިހާރު ލ. އަތޮޅަށް އެމަނިކުފާނު އިއްޔެ އާއި މިއަދު ކުރެއްވި ދަތުރުފުޅުތެރެއިން މިއަދުގެ ވަގުތެއްގަ އެވެ. އެގޮތުން ރައީސް ވަނީ ފޮނަދޫއަށް ބަދަލުވި 23 ފަރާތަކާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގެ ތެރެއިން އެ ފަރާތްތަކުން ވަނީ ދިރިއުޅުގެ ހާލަތު ބަޔާންކޮށްދެއްވައި ދަތިވާ ކަންކަމުގެ މައުލޫމާތު ރައީސް ސޯލިހާ ހިއްސާ ކުރައްވައި އެކަން ހައްލުކުރެވޭނެ ގޮތަކާ މެދު މަޝްވަރާކުރައްވައިފައެވެ. ރައީސް ސޯލިހު ވަނީ އެ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ގާދޫއިން ފޮނަދޫއަށް ބަދަލު ކުރި ފަރާތްތަކުން ވަނީ އެފަރާތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔަވަހިކަމުގެ މައްސަލަކަމަށް ބުނެފައެވެ.