ގަލޮޅު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ވަން އޮންލައިނަށް ފުލުހުންގެ މީޑިޔާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 16:36 ހާއިރުކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެމީހާ މަރުވެފައިވަނީ ކޮން ގެއަކުކަމެއް ފުލުހުން ނުބުނެ އެވެ،
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި އިތުރު ތަފްސީލް ލިބުނު ވަރަކުން ހާމަކުރަމުން ގެންދާނެ ކަަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.