ބޭރުގެ މަސް ބޯޓުތަކަށް ދީފައިވާ މުއްދަތު މިއަހަރުގެ މެއިމަހުގެ ނިޔަލަށް ހަމަވުމަށްފަހު، އެ ފަރާތްތަކަށް އިތުރަށް ހުއްދަ ނުދޭން ފިޝަރީޒު މިނިސްޓްރީން ނިންމައިފިއެވެ.
އައްޑޫގެ މަސްވެރިންނާ ބައްދަލުކުރައްވައި ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ސަރަހައްދުތަކުގައި މަސްވެރިކަން ކުރާތީ ރާއްޖޭގެ މަސްވެރިން އަބަދުވެސް ޝަކުވާ ކުރާ ކަމަށެވެ.
އަދި ބޭރު ބޯޓް ފަހަރުތަކަށް ދޫކޮށްފައިވާ ހުއްދަ މިއަހަރުގެ މެއި މަހުން ފެށިގެން އާ ނުކުރަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުން ހުއްޓުވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.