ޚަބަރު

ބީބީސީގެ މަޝްހޫރު ޕްރެޒެންޓަރެއް އޭޑީކޭގައި އެމެޖެންސީ އޮޕަރޭޝަނެއްކޮށްފި

މުހައްމަދު އައުޒަމް

ބީބީސީގެ މަޝްހޫރު ޕްރެޒެންޓަރއެއް އޭޑީކޭގައި އެމެޖެންސީ އޮޕަރޭޝަންއެއް ކޮށްފިއެވެ.

ބީބީސީގެ މަޝްހޫރު ޕްރެޒެންޓަރ އަދި ބްލޮގަރ އުމުރުން 26 އަހަރުގެ ޒަންނާ ވަން ޑިޖިކް ރާއްޖެ އައިސްފައިވަނީ ޗުއްޓީ ހޭދަ ކުރުމަށެވެ. ނިޔާމަ ޕްރައިވެޓް އައިލެންޑް ގައި ޗުއްޓީ ހޭދަކުރަނިކޮށް ޒަންނާގެ ބަނޑުގައި ރިއްސާތީ އިމަޖެންސީގައި ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް ކުއްލި އޮޕަރޭޝަން އެއް ކޮށްފައެވެ.

ޒަންނާ ވަނީ އޭނާ އޭޑީކޭ ގައި ކޮށްފައިވާ ތަޖުރިބާ އިންސްޓަގްރާމް މެދުވެރިކޮށް ކިޔާދީފައެވެ.

ޒަންނާ ހޮސްޕިޓަލަށް ގެންދިއުމާއިއެކު ވަރަށް ގިނަ ބޭސް ކާންދިންކަމަށާއި ގިނަ އަދަދަކަށް ހޮޑު ލެވުނުކަމަށް އޭނާ ވަނީ ހާމަ ކޮށްފައެވެ. ބަނޑުގައި ވަރަށް ގަދަޔަށް ރިއްސި ކަމަށް ޒަންނާ ވަނީ ބުނެފައެވެ.

ޒަންނާ ވަނީ ވެގެން އުޅޭގޮތް ޑޮކްޓަރ އަށް ނޭގުނުކަމަށާއި ބޭސް ކެއުމުން ތަދުމަޑުވިކަމަށް ބުނެފައެވެ. އަދި ގިނަ ޓެސްޓު ހެދުމަށްފަހު އެނގުނީ ޒަންނާގެ ގޮހޮރު ޓްވިސްޓް ވެފައިވާކަމަށެވެ. އަދި ވަގުތުން އޮޕަރޭޝަން ކުރަން ޖެހުނު ކަމަށް އޭނާވަނީ ބުނެފައެވެ.

ޒަންނާ އާއި އެކު ރާއްޖެއަށް ދަތުރުކުރި އޭނާގެ އެކުވެރިޔަކުވަނީ އިންސްޓަގްރާމްގައި ޒަންނާގެ އޮޕަރޭޝަން އަށްފަހު ނަގާފައިވާ ފޮޓޯތައް ހިއްސާ ކޮށްފައެވެ. ޒަންނާގެ އޮޕަރޭޝަން ގައި އެޕެންޑިކްސް ނެގިކަމަށް އޭނާވަނީ ބުނެފައެވެ. ނަމަވެސް އެޕެންޑިކްސްގެ މައްސަލައެއް އުޅޭކަމެއް ކުރިން ނޭނގޭކަމަށް ވަނީ ބުނެފައެވެ.

ޒަންނާ ވަނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.