އިއްޔެ އަނިޔާވެރިން ކަމަށްބަލައި އެއްޗިހި ކިޔާފައި މިއަދު އެމީހުންނަށް ޓިކެޓް ދިނުމަކީ ހޭ ޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ވަކި ބޭފުޅަކަށް އަދި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް އަލީ ޒައިދު މިދިޔަބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކޮންމެވެސް ކަހަލަ ސާބިތު ގޮތެއް މީހެއްގެ ވިއްޔާ ހުންނަންޖެހޭނެ ކަމަށެވެ.
''އިއްޔެ އަނިޔާވެރިން ކަމަށް ބަލައި ލައްކަ އެއްޗިހި ކިޔާފަ، މިއަދު ގޮނޑުހޮވާ އުސޫލުން އެމީހުން ނަގައި ބޮލަށްލައި ޓިކެޓް ދިނުމީ ހަމަ ބުއްދިން ބަލާއިރު ހޭޖެހޭ ކަމެއްކަމަށް ނުފެނެއެވެ. ކޮންމެވެސް ކަހަލަ ސާބިތު ގޮތެއް މީހެއްވިއްޔާ ހުންނަންޖެހެއެވެ.'' ޒައިދު ކުރެއްވި ޓުވީޓުގައި ވެއެވެ.