ޚަބަރު

ބެލްޖިއަމުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތިތަކެއް ހިފަހައްޓައިފި

ބެލްޖިއަމުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1105 ގްރާމުގެ މަސްތުވާތަކެތި، ކަސްޓަމުން އަތުލައި ގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޕޯސްޓްގެ ޒަރީއާއިން ބެލްޖިއަމުން ރާއްޖެއަށް ގެނައި ޕާރުސަލެއް، އޭގެ ވެރިފަރާތުގެ ހާޒިރުގައި ކެނޑިއިރު މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ 1943 ގުޅަ ފެނިފައި ވާކަމަށެވެ.

އަދި އެތަކެތި ކަސްޓަމުން ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ (އެކްސްޓަސީ) އަށް ޕޮޒިޓިވް ވެފައިވާކަމަށާއި އެތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް ކަސްޓަމުން ބުނެފައި ވެއެވެ.