ޚަބަރު

މަޖިލިސް އިންތިހާބަށް ލޭބާ ޕާޓީގެ ޓިކެޓް ހޯދަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފް ޒާކިރު "ވަން އޮންލައިން" އަށް ވިދާޅުވީ، ވަކި ޑިއުޑޭޓެއް ނެތްގޮތަށް ބުރާސްފަތި ދުވަހުން ފެށިގެން ޕާޓީ ޓިކެޓް ހޯދަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ސިޓީ އާއި މެއިލް މެދުވެރިކޮށް އެމީހެއްގެ ވަނަ ވަރާއި، ދާއިރާ އެނގޭގޮތަށް ސިޓީ އާއި މެއިލުން އެ ޕާޓީއަށް ހުށަހެޅުމުގެ ފުރުތު ވަނީ ހުޅުވާލައިފަ އެވެ.

އަދި އެހެން ޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ މީހުންނަށް ތާއީދު ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

މީގެ ކުރިން ލޭބާ ޕާޓީން ބުނެފައިވަނީ، ކުރިއަށް އޮތް މަޖިިލިސް އިމްތިހާބުގައި، 15 ވަރަކަށް ދާއިރާއަށް އެޕާޓީގެ ކެންޑިޑޭޓުން ނެރޭނެ ކަމަށެވެ. އަދި އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ނިކުންނަ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެޕާޓީން ބުނެފައިވެ އެވެ.

ލޭބާ ޕާޓީން ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ކުރުމަށް އެދި ބައެއް ފަރާތްތަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.