ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓީއެފްޖީ 5 ކިލޯމީޓަރު ދުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނުގެ ދެކަނބަލުންގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް މި ދުވުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތަކީ ޓީ.އެފް.ޖީ.ގެ ފަރާތުން އިންތިޒާމްކޮށްގެން ލ. ގަމުގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓީ.އެފް.ޖީ މެރަތަން ރަސްމީކޮށް ފަށްޓަވައިދެއްވާފައިވަނީ އިއްޔެ އެވެ. އެމަނިކުފާނު މެރަތަން ފަށްޓަވައިދެއްވީ ހައްދުންމަތީގެ ބައެއް ރަށްރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި އެކަމަށްޓަކައި އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.