މާލޭގައި ދެ މާރާމާރީއެއް ހިންގައި، ދެ މީހަކަށް ހަމަލާދީފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މާލޭގައި މިއަދު ހިންގި ދެ މާރާމާރީގައި ޒަހަމްވި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ބުނީ މިއަދު އަލޯރާ ކަންމަތީ ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖަހައި، ގްރޫޕަކުން މާރާމާރީ ހިންގާފައިވާ ކަމަށާއި އެ މާރާމާރީގައި ޒަހަމުވެފައިވަނީ 18 އަހަރުގެ މީހަކަށް ކަމަށެވެ. އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:53 ހާއިރެވެ.
އޭގެ އިތުރުން މިއަދު ބިންހިމަ ގޯޅީގައި ހިންގި މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ މީހަކަށް ކަމަށާއި އެ އަނިޔާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:25 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.