ޚަބަރު

ކާށިދޫ ވަލުތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަހުމަދު ޖައިޝަން

ކ. ކާށިދޫ އުތުރު އަވަށު ވަލު ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ކާށިދޫ ވަލުތެރޭގެ ސަރަހައްދެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު މިއަދު ހަވީރު 1745 ހާއިރު ލިބިފައިވާ ކަމަށެވެ.

ވަލުތެރޭގެ ބައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެ ހާދިސާގައި ރަށު ތެރެއަށް ދުމުގެ އަސަރު ކުރި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ނޭނގޭއިރު މިއަދު 1830ހާއިރު އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ހަވީރު ހދ. ނޮޅިވަރަންފަރުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.