ޚަބަރު

ރައީސް ސޯލިހު ޓީއެފްޖީ މެރަތަން ފައްޓަވައިދެއްވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ލ. ގަމުގައި ޓީއެފްޖީ މެރަތަން ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

މިއަދު ހަވީރު އެ މެރަތަން އިފްތިތާހުކުރައްވާފައިވަނީ ރައީސް ސޯލިހު ލާމު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މެރަތަން ފެއްޓެވުމުގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ ޒޯން ސްޓޭޑިއަމް އާއި ޒުވާނުންގެ މަރުކަޒަށް ޒިޔާރާތްކުރައްވައިފައެވެ.

އެ ދަތުރުފުޅުގައި ލ. އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.