ޚަބަރު

މާކުރަތު ކައުންސިލާއި ސިއްހީ މަރުކަޒު އަދި ކޯޓަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ނަގައިފި

އަހުމަދު ޖައިޝަން

ރ. އަތޮޅުގެ މާކުރަތު ކައުންސިލާއި ސިއްހީ މަރުކަޒު އަދި ކޯޓަށް ބަޔަކު ވަދެ ގިނަ އަދަދެއްގެ ފައިސާ ރޭ ދަންވަރު ވަގަށް ނަގައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލުގެ ނައިބު ރައީސް ހުސައިން އިމާދު ވިދާޅުވި ދަންވަރުގެ ވަގުތެއްގައި ކައުންސިލަށް ބަޔަކު ވަދެފައިވަނީ އެތަނުގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ކަމަށެވެ.

އަދި އެ މީހުން ވަނީ ކައުންސިލުގެ ތިޖޫރީގައި ހުރި 83،000 އެއްހާ ރުފިޔާ ވަގަށް ނަގާފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒަށް ބަޔަކު ވަނީ އެތަނުގެ ފެން ލައިޓުން ކަމަށާއި އެތަނުގައި ހުރި 15،000 އެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ކޯޓުން ނަގާފައިވާ ފައިސާއެއްގެ އަދަދެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯޓުން ނެގީ ކިހާ ފައިސާއެއް ކަމެއް ނޭނގެ. އެތަނަށް ވަނީ އެތަނުގެ ކުޑަދޮރު ހަލާލުކޮށްލުމަށްފަހު. ފުލުހުން ދަނީ މިހާރު ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވަމުން،" އޭނާ ވިދާޅުވިއެވެ.