ޚަބަރު

އެއާޕޯޓުގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ކަކުލު ހުޅު ނެއްޓިއްޖެ

އަހުމަދު ޖައިޝަން

ހުޅުލޭގައި ވޭނަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެ އޭނާގެ ކަކުލު ހުޅު ނައްޓައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 1030 ހާއިރު އަނިޔާ ވެފައިވައި ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ސައިކަލަކާއި މޯލްޑިވިއަންގެ ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މުވައްޒަފަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިން ބުނީ އެ ހާދިސާއާ ގުޅިގެން މީހަކަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ކަކުލު ހުޅުން ނައްޓައިގެން ދިޔަ ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އާދަސަންދައިން ބުނެ އެވެ.

އެ ހާދިސާގައި ސައިކަލަށާއި މޯލްޑިވިއަންގެ އުޅަނދަށްވެސް ވަނީ އެކި ކަހަލަ ގެއްލުންތައް ލިބިފައެވެ.