އެފްއޭއެމް

އިންތިޚާބީ ލީޑާޝިޕު ބިރުދައްކައިގެން ބަދަލުކުރަން މިނިސްޓަރު މަހުލޫފު ދަނީ މަސައްކަތްކުރަމުން: އެފްއޭމް

އެފްއޭއެމްގެ އިންތިޚާބީ ލީޑާޝިޕު، ބިރުދައްކައިގެން ބަދަލުކުރުމަށް މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއޭއެމް އިން މިހެން ބުނެފައި ވަނީ އެ އެސޯސިއޭޝަނުން މިއަދު މެންދުރު ފަހު ކުރި ޓުވީޓެއްގަ އެވެ.

އެފްއޭއެމްގެ ޓުވީޓުގައި ބުނެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަންފުޅު ނަހަމަގޮތުގައި ބޭނުންކުރައްވައި، ކުންފުނިތަކުން ދެމުން އަންނަ މާލީ އެހީވެސް ނުލިބޭނެ ކަމުގެ ބިރު މިނިސްޓަރު މަހުލޫފު ދައްކަމުންދާ ކަމަށެވެ.

އޭގެ އިތުރުން ކުލަބުތަކާ މިނިސްޓަރު މަހުލޫފު ބައްދަލުކުރައްވައި އެފްއޭއެމްގެ އިންތިޚާބީ ލީޑާޝިޕު ބަދަލުކުރަން މިނިސްޓަރު މަހުލޫފު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވެސް އެފްއޭއެމްގެ ޓުވީޓުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އެފްއޭމްގެ ރަައީސް ބައްސާމް އަދީލް ޖަލީލްއަށް ފޯނުކުރުމުން އޭނާ މި މައްސަލައިގައި ކޮމެންޓެއް ނުކުރެއްވި އެވެ. އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ކޮމެެންޓެއް ނުކުރެއްވި އެވެ.