ޚަބަރު

ތިނަދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އަހުމަދު ޖައިޝަން

ގދ. ތިނަދޫން މަސްތުވާތަކެއްޗާއެކު އުމުރުން 38 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު 0630ހާއިރު އެމީހާ ދިރިއުޅޭ ގެ ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ވަނީ ފެނިފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ އެމީހާގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ކަމަށެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.