ލާމު އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ އަތޮޅަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު ރައީސް ސޯލިހް ކައްދޫ އެއާޕޯޓުން އެ އަތޮޅު ފޮނަދުއަށް ވަޑައިންނެވުމާއެކު ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ލ. އަތޮޅު ލިންކް ރޯޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮކާކޯލާ ރަން އިން ލާމު"ގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިއަދު ލ. އަތޮޅަށް ވަޑައިގެންނެވިއިރު އެ ދުވުން އޮތީ މާދަމާއެވެ.
އެ އިވެންޓު ކުރިއަށްދާނީ މާދަމާ މެންދުރު ފަހުއެވެ. އަދި އެ އިވެންޓު ނިންމަވައިލެއްވުމަށްފަހު ރައީސް މާދަމާ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.