ޚަބަރު

އުމްރާއަށް ރާއްޖެއިން މީހުން ގެންދިއުމާ ބެހޭ އުސޫލު އާންމުކޮށްފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އުމްރާއަށް ރާއްޖެއިން މީހުން ގެންދިއުމާ ބެހޭ އުސޫލު އާންމުކޮށްފި އެވެ.

މިއަދު ގެޒެޓުގައި އާންމު ކުރެވުނު މި ގަވައިދުގައިވާ ގޮތުގައި މި ގަވައިދަކީ އުމްރާއަށް މީހުން ގެންދާ ފަރާތްތައް އަދި އުމްރާވެރިންގެ ހައްގުތައް ހިމާޔަތްކޮށް، އުމްރާއަށް ދާން ބޭނުންވާ ދިވެހިންގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތެއްގެ އިތުރުން ރަނގަޅު ހިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދީ، އުމްރާއަށް މީހުން ގެންގޮސްދޭ ކުންފުނިތަށް ރެގިއުލޭޓް ކުރުމުގެ އިތުރުން މިފަދަ ކުންފުނިތައް އިތުރަށް ޒިންމާދާރުކޮށް، އުމްރާއަށް މީހުން ގެންދިއުމަށް އެކުލަވާލާފައިވާ އެންމެހާ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ކުރުވުމެވެ.

މިގަވައިދުގައި ކުންފުނިތަކުން މީހުން ހައްޖަށް ފޮނުވުމަށް ހުއްދަ ހޯދުމަށް ކަންކުރާނެ ގޮތުގެ އިތުރުން ހުއްދައިގެ މުއްދަތާއި މުއްދަތު ބާތިލްވާ ގޮތް ވެއެވެ. މީގެ އިތުރުން އެ ކުންފުނިތާއި އުމްރާއަށް ދާން އެދޭ މީހުންނާއި ވެވޭ އެއްބަސްވުން އޮންނަންޖެހޭ ގޮތުގެ ގަވައިދެއްވެސް މި އުސޫލުގައި ވެއެވެ. މިއާއެކު ފައިސާ އާއި މެދު އަމަލް ކުރާނެގޮތާއި މި އުސޫލުގެ ދަށުން ކުރެވިގެން ނުވާނެކަންކަންވެސް ވެއެވެ.

މި އުސޫލަށް އަމަލު ކުރުމަށް ހަމަޖެހިފއިވަނީ މި އުސޫލު ގެޒެޓުކުރެވޭ ވަގުތުން ފެށިގެނެވެ.