ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ސްޓެޓް އިލެލްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފި އެވެ.
ނައިބު ރައީސް މިއަދު ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލު ކުރައްވާފައިވަނީ ސްޓެލްކޯގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް ސްޓެލްކޯއަށް ވަޑައިގެންނެވުމުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ ސްޓެލްކޯގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެއްލެވުގެ އިތުރުން ސްޓެލްކޯގެ މެނޭޖްމަންޓާއި ބައްދަލުކުރައްވައިފައެވެ. އެގޮތުން ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ނައިބު ރައީސްއަށް އެ ކުންފުނި ހިނގަމުންދާގޮތުގެ ހުލާސާއެއް އަރުވައިފައެވެ.