ޚަބަރު

ޓިވެޓް އަދި ޕޮލިޓެކްނިކްގެ މަސައްކަތް ކުރިއަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

ޓިވެޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވަިލައްވައިފި އެވެ.

ނައިބު ރައީސް ޓިވެޓް އަދި ޕޮލިޓެކްނިކަށް ޒިޔާރަތްކުރައްވާފައިވަނީ މިއަދު ހެނދުނެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އެ ތަންތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން މަސައްކަތް ކުރިއަށް ގެންދިއުމުގައި އެ ތަންތަނަށް ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސް ވަނީ އޮޅުންފިލުއްވައިފައެވެ.