ޚަބަރު

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓް ފުރޭނެ: ރައީސް

އަހުމަދު ޖައިޝަން

1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވާ ގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެތަން ފުރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މީގެ ކުރީން ބުނެފައިވާގޮތުގައި އެއާޕޯޓް ތަރައްގީކުރާނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެތަން ތައްޔާރުކޮށްފައިވަނީ ހަތް މިލިއަން މީހުންގެ އެރައިވަލްއަށް ނޫން ކަމަށާއި އެއީ 3.5 މިލިއަން މީހުން އައިސް ފުރުމަށް ކަމަށެވެ.

"އެއާޕޯޓް އެއީ ހަމައެކަނި ފްލައިޓު ޖައްސާ ފުރާ ތަނެއް އެކަންޏެއް ނޫން. އެއީ ވަކިން މާކެޓު ކުރާ ތަނެއް. ވިއްކާ ތަނެއް،" ރައީސް ވިދާޅުވިއެވެ.

އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ ފްލޯ ޕްލޭނެއް ނެތްކަމަށާއި ތަނބުތައް ޖަހައި ނިމުނު އިރު އަދިވެސް އެތަނުގެ ކުރެހުމެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟