ޚަބަރު

ރާއްޖޭގައި އޮތީ ކޮންކަހަލަ ވެރިކަމެއްގެ ނިޒާމެއް ކަމެއް ނޭނގޭ: ރައީސް

އަހުމަދު ޖައިޝަން

ރާއްޖޭގައި އޮތީ ވެރިކަމުގެ ކޮން ކަހަލަ ނިޒާމެއް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ނިޒާމުގެ ސިފަތައް ހަމަ ނުވާ ކަމަށާއި ބަރުލަމާނީ ނިޒާމުގެ ސިފަތައް ވެސް ހަމަ ނުވާ ކަމަށެވެ.

"އެހެންވީމަ ގާނޫނު އަސާސީއަށް އެބަ ޖެހޭ ބަދަލު ގެންނަން. ރިޔާސީ ނިޒާމު ފުރިހަމައަށް ހިންގަން ބޭނުންކަމަށްވަންޏާ އެގްޒެކިއުޓިވް ޕަވަރ ތަކެއް އިތުރަށް ލިބެން އެބަ ޖެހޭ. އެހެން ނޫނީއްޔާ ބަރުލަމާނީ ނިޒާމަކަށް ދާން ވީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ދެގޮތުން ކުރެ އެއްގޮތަށް ރަނގަޅަށް އެނގޭގޮތަށް ގާނޫނު އަސާސީގައި ލިޔަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެންނަ ކަމުގައިވާނަމަ ދެން ކަންތައް ކުރަންވީ ގޮތްވެސް އެބަ އޮތް ކަމަށެވެ.