ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވަމުންދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޑޭ ކެއާ ސެންޓަރުތަކާއި ޓިއުޝަން އަދި ގުރުއާން ކުލާސްތައް ބަންދުކުރުމަށް އަންގައިފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން މީގެ ކުރިން ވެސް ވަނީ މާލެ ސަރުހައްދުގައި އެފަދަ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް އަދަދުތައް ދަށްވުމާއެކު ފިޔަވަޅުތައް ވަނީ އުވާލައިފައެވެ.