ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އެންމެ އިންސާފުވެރި ރައީސަކީ މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހީމް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓުގައި ނިހާން ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ހުރިހާ މެމްބަރުންގެ ނަމުގައި ގާސިމަށް ޝުކުރު ދަންނަވައިފައެވެ.
ސަރުކާރު ކޯލިޝަން ތެރޭ އެކި މައްސަލަ ޖެހެމުންދާކަމުގެ ވާހަކަތައް ދެކެވެމުން އަންނަ އިރު ގާސިމް ވަނީ އެމްޑިޕީއަށް ވެރިކަން ލިބުނީމަ މިފަހަރުވެސް ޖޭޕީ މަގުމައްޗަަށް ނެރެ އެއްލައިލީ ކަމަށާއި ގުޅިގެން މަޖިލީހަށް ކުރިމަތިލާނެ ކޮންމެ ބަޔަކާވެސް ވާހަކަދައްކަން ތައްޔާރު ކަމަށް ވިދާޅުވެފައެވެ.